ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްގީކުރާ ޕެޓްރޯލް ޝެޑް ހުޅުވަން ނިންމައިފިއެވެ.
މި ޕެޓްރޯލް ޝެޑް ތަރައްގީކުރާ އެފްއެސްއެމްއިން ބުނެފައިވަނީ ޕެޓްރޯލް ޝެޑްގެ ޚިދުމަތް ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އެފްއެސްއެމުން ބުނެފައިވަނީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްދިނުމަށް މިޕެޓްރޯލް ޝެޑުގައި 8 ޕަމްޕު ހުންނާނެކަމަށެވެ.
މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ފެޓްރޯލް ފޯރުކޮށްދެމުންދަނީ ވަގުތީ ޝެޑެއްގައެވެ. މިޝެޑުގައި ހުންނަނީ 3 ޕަމްޕެވެ.