އެކަށީގެންވާ އަގަކަށް އިންޓަނެޓްގެ އަގު ބަދަލު ކުރެވޭނެ: ދިރާގު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެކަށީގެންވާ އަގަކަށް އިންޓަނެޓްގެ އަގު ބަދަލު ކުރެވޭނެ: ދިރާގު

އިންޓަނެޓްގެ އަގު އެކަށީގެންވާ އަގަކަށް ބަދަލު ކުރެވޭނެ ކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އިސްމާއިލް ރަޝީދު މިހެންވިދާޅުވީ ދިރާގު ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ރާއްޖޭގެ 75 ޕަސެންޓް ސަރަހައްދަށް ދިނުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްމާއިލް ރަޝީދު ވިދާޅުވީ މުއާސަލާތީ ހިދުމަތްތަކުގެ އަގު އެއް ދުވަހުން އަނެއް ދުވަހަށް ހެޔޮވަމުންދާ ކަމަށާއި ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް ރާއްޖޭގެ އިންޓަނެޓްގެ އަގު ވެސް އެކަށީގެންވާ އަގަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި ދިރާގުން ދަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އިސްމާއިލް ރަޝީދު ވިދާޅުވީ އަމާޒަކީ އެއް ސްޕީޑެއްގައި ދިރާގުގެ ހިދުމަތް ދިނުން. ރާއްޖޭގެ 75 ޕަސެންޓް ގޭބީސީ އަށް މިހާރު ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތް ލިބޭނެ، ކަމަށާއި ޚިދުމަތްތައް ޑިޖިޓަލް ކުރުމަކީ އެހެން ޚިދުމަތްތައް ފަސޭހަ ކަމާ އެކު ހޯދުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

ޓޫރިޒަމް ސެކްޓަރު މާލެ އަތޮޅު ފިޔައި އެހެން އަތޮޅުތަކަށް ފުޅާވެގެން ދިޔައީ ވެސް މުއާސަލާތީ ޚިދުމަތަށް އައި ކުރިއެރުމާ ގުޅިގެން ކަމަށްވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފުޅާކޮށް ޑިޖިޓަލް ކުރުމުގައި ދިރާގުން ވަނީ 2000 ވަނަ އަހަރުގެ ކުރީކޮޅު 1،253 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އަޅާފައެވެ.

މިއަދު އޮންލައިން