އެހެން އަަހރުތަކެކޭވެސް އެއްފަދައިން އެސްޓީއޯ އިން ރަމަޟާން މަހަށް ޙާއްސަކޮށްގެން މިއަހަރުވެސް ފިޔާ، އަލުވި، އަދި ބިސް ވިއްކަން ފަށައިފިއެވެ. މިފަހަރު ފިޔާ، އަލުވި، ބިސް ވިއްކަން އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖްގައި ވަނީ އާންމުންނަށް ފަސޭހައިން މުދާ ލިބޭނެގޮތް އިންތިޒާމކޮށްފައެވެ.
އެސްޓީއޯ އިން ވަނީ މިއަދުން ފެށިގެން އިންޑަސްޓްރިއަލް ވިލޖުންް ހެނދުނު 8:30 އިން ހަވީރު 17:00 އަށް ފިޔާ، އަލުވި، ބިސް ގަނެވޭނެ އިންތިޒާމ ހަމަޖައްސައިފައެވެ. އަދި މީގެއިތުރުން އެސްޓީއޯ ޓްރޭޑް ސެންޓާރ ގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުން ފެށިގެން އެސްޓީއޯ ސސުޕަމާޓުން ފިޔާ، އަލުވި، ބިސް ވިއްކަން ފެށިއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ފިޔާ، އަލުވި އަދި ބިސް ވިއްކަންފަށަނީ އޭޕްރިލް މަހުގެ 72 އިން ފެށިގެން ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެހެނިހެން އަހަރުތަކާ ހިލާފަށް ގިނަ ކަސްޓަމަރުންގެ އެދުމުގެމަތިން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ބައްލަވައިގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު އެސްޓީއޯގެ އައުޓްލެޓް ތަކުގައި ވާނީ ހަމަޖެހިފައިކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮއް ފިޔާ ކިލޯއެއް 7 ރުފިޔާއައް، އަލުވި ކިލޯއެއް 8 ރުފިޔާ 50 ލާރިއައް، ބިހެއް 1 ރުފިޔާ 50 ލާރިއައް ލިބިވަޑައިގަންނަވާއިރު އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 014 ރުފިޔާއައް، އަލުވި ބަސްތާއެއް 180 ރުފިޔާއައް، ބިސް ކޭހެއް 270 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެއިތުރުން އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮއް 25 ކޭހައްވުރެން މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 013 ރުފިޔާއައް، އަލުވި ބަސްތާއެއް 170 ރުފިޔާއައް، ބިސް ކޭހެއް 602 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.