ދިރާގުގެ ޗެއާޕާސަންސް އެވޯޑް ފާޠިމަތު ޝޫޒީއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދިރާގުގެ ޗެއާޕާސަންސް އެވޯޑް ފާޠިމަތު ޝޫޒީއަށް!

ދިރާގުން ދޭ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ ޗެއަޕާސަންސް އެވޯޑް އެސިސްޓެންޓް މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތް ޝޫޒީ ހާސިލްކޮށްފިއެވެ. މިއެވޯޑް ޝޫޒީ ޙާޞިލުކުރީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބޭއްވި އެ ކުންފުނީގެ 30 ވަނަ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ. 

މިރަސްމިއްޔާތުގައި އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ކާމިޔާބު ކުރައްވާފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާން އެވެ. މީގެ އިތުރުން މި ހަފްލާގައި ލޯންގްސަރވިސް އެވޯޑް، އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދިސްޕެޝަލްމެރިޓްއެވޯޑް ތަފާތު78 މުވައްޒަފަކަށް ވަނީ ދީފަ އެވެ. 

ދިރާގުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ރަސްމިއްޔާތަކީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތެކެވެ. މިއީ ދިރާގު އިނާމު ދިނުމުގެ ރަސްމިއްޔާތު މެދުނުކެނޑި ބާއްވާތާ30 ވަނަ އަހަރެވެ. ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެކެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 30 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

މިދިޔަ އާދިއްތަ ދުވަހު ދިރާގުން ވަނީ "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. ވުމާއެކު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.

 

 

މިއަދު އޮންލައިން