އެމްއެމްޕީއާރްސީ މައްސަލައިގެ ރެޑް ނޯޓިސް ބާތިލު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްއެމްޕީއާރްސީ މައްސަލައިގެ ރެޑް ނޯޓިސް ބާތިލު ކޮށްފި

އެމްއެމްޕީއާރްސީ މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ ފަރާތްތަކުގެ ނޯޓިސްތައް ބާތިލުކުރީ ދައުލަތުން އެގޮތައް ނިންމައިގެން  ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރްސީ މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ އެމީހުން ތަޙްޤީޤަށް ޙާޒިރު ނުކުރެވިގެން ކަމަށް ފުލުހުން ހާމަކުރިއެވެ.

މިހާރު މި ފަރާތްތަކަށް ފުލުހުންނަށް އެކްސެސްވެވި، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާތީ އިތުރަށް ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭ ތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ފަރާތްތަކަކީ މިހާރު އިނގިރޭސިިވިލާތުގެ ހިމާޔަތް ހޯދައގެން ތިއްބަސް، ފުލުހުންނަށް ފުރިހަމައަށް އެކްސެސް މިހާރު ލިބޭ ކަމަށެވެ.

މި މީހުންގެ މައްޗަށް އިންޓަޕޮލްއިން ނޯޓިސް ނެރުނީ ދިވެހި ފުލުހުންގެ އެދުމުގެ މަތިން 2016 ވަނަ އަހަރުއެވެ.

އެމްއެމްޕީއާރްސީ މައްސަލަގައި ރެޑް ނޯޓިސް ނެރެފައިވާ ހަތަރު މީހުންނަކީ އައްލާމް ލަތީފް(މޮހޯ)، މުހައްމަދު ހުސައިން (އޮއިއްޓެ)، އަހުމަދު އިޝްފާހު އަލީ، އަދި އެމްއެމްޕީއާރްސީގެ އެއިރުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސީލް އަހުމަދުއެވެ.

 

 

 

 

މިއަދު އޮންލައިން