ދިރާގު ޓީވީން ނެރުނު ޓީވީ ޕެކޭޖުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ދިރާގު ޓީވީން ނެރުނު ޓީވީ ޕެކޭޖުތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުޓީވީން އެންމެ ފަހުން ނެރުނު ޓީވީ ޕެކޭޖުތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ދިރާގުން ބުނީ، މިޕްރޮމޯޝަނުގެ ދަށުން ބޭސިކް ޕެކޭޖު 300ރ. އަށް ލިބޭނެ ކަމަށެވެ. އަދި މިހިނގާ އޭޕްރީލް މަހުގެ ކުރީކޮޅު "އެގްސައިޓްމެންޓް" ގެ ނަމުގައި ތައާރަފް ކުރި އެޑް-އޯން ހިދުމަތް ހިލޭ ލިބޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެގްސައިޓްމެންޓް އެޑް-އޯންގެ ދަށުން ދިރާގު ޓީވީގެ އިތުރު 22 ޗެނަލެއް ބަލައިލެވޭނެއެވެ. އެ ހިދުމަތަށް މީގެ ކުރިން 120ރ. ދައްކަންޖެހެ އެވެ.

މީގެ އިތުރުން ދިރާގުޓީވީ ބޭނުން ކުރައްވާ ކަސްޓަމަރުންނަށް 399ރ. ހޭދަކޮށްގެން ދިރާގުން ދޫކުރާ ހުރިހާ ޗެނަލެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނެކެވެ.

އިއްޔެއިން ފެށިގެން މިޚިދުމަތް ނަގާފައިވާ ހުރިހާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީ ހިދުމަތާ އެކު ގިނަ ޗެނަލްތައް ފޯރުކޮށްދޭ އިރު މިހާރު 90 އަށް ވުރެ ގިނަ ޗެނަލް ދިރާގުޓީވީން ލިބެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް 52 ރަށަކަށް ދެމުންދާ އިރު އެއީ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓެވެ.

މިއަދު އޮންލައިން