އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރަނީ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ނަން ބަދަލުކުރަން ނިންމައިފިއެވެ.

އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅީ އެ ކުންފުނީގެ ނަން ބަދަލުކުރުމަށް ރައީސް އޮފީހަށް ހުށަހަޅާފައިވާކަމަށެވެ. އެހެން ނަމަވެސް ބަދަލުކުރަނީ ކޮންނަމަކަށް ކަމެއް ވިދާޅެއްނުވެއެވެ.

އެމްއެމްޕީއާރްސީ ނަން ބަދަލުކުރަނީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުންފުނީގެ ނަން ކިލަނބު ވެފައިވާތީއެވެ.

ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން