ދިރާގުގެ ތިރީސް ވަނަ އަހަރީ ޢާންމު ޖަލްސާގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދިރާގުގެ ތިރީސް ވަނަ އަހަރީ ޢާންމު ޖަލްސާގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާ،25  އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިވާތީ ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށްމިހާރު ވަނީ ހުޅުވާލެވިފައިއެވެ. 

ރެޖިސްޓްރޭޝަން ފޯމްތައް ދިރާގު [email protected]ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަކުރެއްވުމަށްފަހު މަތީގައި ދެންނެވިފައިވާ އީމެއިލްއަށް އީމެއިލްކޮށް ނުވަތަ ދިރާގު ހެޑް އޮފީހުގެ ރިސެޕްޝަނަށްހަވާލުކޮށްލެވޭނެއެވެ. އަދި ޙިއްސާދާރުންނަށް ތީރީގައިވާ ލިންކުން އޮންލައިންކޮށް ރެޖިސްޓަރ ކުރެވޭނެއެވެ. https://infinity.mv/ 

ޙިއްޞާދާރުން ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 24 އޭޕްރިލް 2019ގެ 20:15 އެވެ. އަދި ޙިއްޞާދާރުންގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ 23 އޭޕްރިލް 2019 ގެ 20:15 އެވެ. 

މިޖަލްސާގެ ނޯޓިސް، ދިރާގުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި ޖަލްސާއާއި ބެހޭ އިތުރު ތަފްސީލް ދިރާގުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބި ވަޑައިގަންނަވާނެއެވެ. https://www.dhiraagu.com.mv/Annual_General_Meetings.aspx

 އިތުރު މައުލޫމާތު އިންވެސްޓަރ ރިލޭޝަންސް ފޯން: 3311599/3311121 ނުވަތަ[email protected]އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

 

 

މިއަދު އޮންލައިން