19 ސްކޫލަކާއެކު ބީއެމްއެލް ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތް ފަށައިފިއެވެ.
މިއަދު ފެށި މި މުބާރާތާއިބެހޭގޮތުން ސްވިމިންގ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ 4 އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ.
އަންހެން ފިރިހެން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނެނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، އދ. އަތޮޅު ސުކޫލް އަދި ހ. ކެލާ ޝައިހް އިބްރާހިމް ސުކޫލް ވާދަކުރާ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުންޏެވެ.