މިނިޓަކު އެންމެ ރުފިޔާއަކަށް ލަންކާއަށް ގުޅޭން ގޮތް ދިރާގުން ހަމަޖައްސައިދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 25ސ
މިނިޓަކު އެންމެ ރުފިޔާއަކަށް ލަންކާއަށް ގުޅޭން ގޮތް ދިރާގުން ހަމަޖައްސައިދީފި

ސްރީލަންކާގައި މިއަދު ދީފައިވާ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ޢާއިލާގެ މީހުންގެ ހާލު ބެލުމަށާއި އެހެންވެސް ބޭނުންތަކުގައި ސްރީލަންކާއަށް ގުޅުމުގެ އަގު ދިރާގުންވެސް ބޮޑުތަނުން ހެޔޮކޮށްފިއެވެ.

ދިރާގުން ބުނެފައިވަނީ މިރޭ 12 ޖަހަންދެން ނަގާނީ މިނިޓަކު އެންމެ ރުފިޔާއެއް ކަމަށެވެ. އަދި މިއަދު ބޭނުންވާ ކަސްޓަމަރުން ނަމްބަރުގެ ކުރިއަށް 019 ލައިގެން ގުޅަން އެދޭ ކަމަށެވެ.

" ސްރީލަންކާގެ ރައްޔިތުންނަށް އަހަރެމެން ހެޔޮ ދުޢާ ކުރަން" ދިރާގުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން