އެސްޓީއޯއިން 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ފަންސާސް އަށް ރުފިޔާ ބަހަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެސްޓީއޯއިން 2018 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ފަންސާސް އަށް ރުފިޔާ ބަހަނީ

އެސްޓީއޯއަށް ނިމިގެން ދިއަ 2018 ވަނަ އަހރު ލިބުނު ފައިދާއިން ހިއްޞާއަކަށް 58 ރުފިޔާ ބަހަން ނިންމައިފިއެވެ. އެކުންދުނިން މިއަދުކުރި ޓްއީޓެއްގައި ބުނެފައިވަނީ ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމީ އާދިއްތަ ދުވަހު ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ. މި ކަން ފާސްކުރާނީ އަންނަ މަހު ބާއްވާ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިދިއަ އަހަރު ވެސް ހިއްސާދާރުންނަށް އެންމެ ބޮޑު ފައިދާއެއް ބަހާފައިވަނީ އެސްޓީއޯ އިންނެވެ.

މިއަދު އޮންލައިން