ކާމިޔާބުކަމާއެކު ފުރަތަމަ ބުރު ނިންމުމަށްފަހު ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކާމިޔާބުކަމާއެކު ފުރަތަމަ ބުރު ނިންމުމަށްފަހު ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

ރާއްޖޭގައި މަތީތައުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން މިދިއަ އަހަރު ފެށި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައިދެވަނަ ބުރު ފަށައިފިއެވެ. މިއީދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީތަޖްރިބާ ހޯދައިބީއެމްއެލްގެ އިތުރުން މާލީ ދާއިރާގެ ދާއިމީވަޒީފާއެއްހޯދުމަށްލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މިރޭ ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ބުރަށް ހޮވުނު15ބައިވެރިއަކަށްްވެސް ވަނީ އެޕޮއިންޓްމަންޓް ލެޓަރ ދީފައެވެ. މި ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢައިޝަތު ނޫރައްދީން ވިދާޅުވީ "ގައުމީ ޔުނިވާސިޓީއާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ގްރެޖުއޭޓް އިންޓަރންޝިޕްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މެދުކެނޑުމެއްނެތި މިއިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭވަރަށް ބޮޑުއުފަލެއް. މިޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާލިބި، ރަނގަޅު އިރުޝާދު ތަކެއްލިބިގެންދާނެ. އަދިޕްރޮގްރާމް ނިންމާފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު މިވަނީ ހުޅުވާލެވިފައި."

މިއީ 'ބީއެމްއެލް ޕްރޮސްޕެކްޓް' ގައި ބައިވެރިވެފައިވާ މަތީތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، ބާރަމަސް ދުވަހުގެމުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ. މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކިޑ ިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިޕްރޮގާރާމްގައި ބައިވެރިވ ެބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށްވެސް އިރުޝާދުދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑއެޅިފައެވެ. މިޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީވަޒީފާއަށް އެދި ހުށަހެޅުމުގެ ފަހި ފުރުސަތު ލިބޭނެއެވެ.

މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ވަނީ ޖެހިޖެހިގެން ދެއަހަރު ހޯދާފައެވެ.



މިއަދު އޮންލައިން