ރަމަޒާން ބާޒާރާ ގުޅުވައިގެން އެސްޓީއޯ ސުޕަމާރޓުން ގިނައަދަދެއްގެ ކާބޯތަކެތީގެ ހޯލްސޭލް އަގުތަށްވެސް ހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ރަމަޒާން ބާޒާރާ ގުޅުވައިގެން އެސްޓީއޯ ސުޕަމާރޓުން ގިނައަދަދެއްގެ ކާބޯތަކެތީގެ ހޯލްސޭލް އަގުތަށްވެސް ހެޔޮކޮށްފި

އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ވަނީ ސުޕަމާޓުން އެތެރެކޮށް ވިއްކަމުންދާ ގިނައަދަދެއްގެ ބްރޭންޑްތަކުގެ ހޯލްސޭލް އަގުތައްވެސް ހެޔޮކޮށްފައިކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މިގޮތުން އެސްޓީއޯ ސުޕަމާރޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ"ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާތެލުގެ އަގުވަނީ ބޮޑުތަނުން ހެޔޮކޮށްފައި ކަމަށެވެ. އަގުހެޔޮކުރި އަގުތަކައް ބަލާއިރު،430/- ރުފިޔާ އަށް ވިއްކި "ޗޮއިސް" ސިލްވާރ ބާސްމަތީ 1 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 370/-ރުފިޔާއަށް، އަދި 500/- ރުފިޔާ އަށް ވިއްކި "ޗޮއިސް" ގޯލްޑް ބާސްމަތީ 1 ކިލޯގެ ކޭސް 450/- ރުފިޔާ އަށް އަދި 430/- ރުފިޔާއަށް ވިއްކި 5 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 400/- ރުފިޔާއަށެވެ.

އަދި "ޗޮއިސް" ބްރޭންޑްގެ ކޮލިޓީ ކައްކާތެލުގެ 1 ލީޓަރު، 2 ލީޓަރު، 5 ލީޓަރު އަދި 18 ލީޓަރުގެ ކޭހަކުން އެވްރެޖްކޮށް 15/- ރުފިޔާ އާއި 30/- ރުފިޔާގެ އަދަދަކުން އަގުހެޔޮކޮށްފައެވެ. "ޗޮއިސް" ބްރޭންޑްގައި ހިމެނެނީ ކައްކާތެލާއި، ސަންފްލާވާ ތެލާއި، ބާސްމަތީ ހަންޑުލާއި،ޅަހަނޑުލުގެ އިތުރުން ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ އަގުހެޔޮ ޗޮއިސް ގެރިކިރު ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

"ޗޮއިސް"ބްރޭންޑްގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކިކިރާއި، "ޖަދީދާ" ބްރޭންޑްގެ މާޖިރީން، "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް، "ފްރަގާޓާ" ބްރޭންޑްގެ އޯލިވްއޮއިލް، "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެއިތުރުން ރޯދަވީއްލަން މިސްކިއްތަކަށް ރޯދަމަހު އެންމެގިނައިން ގެންދާ "އެލްސަބާ" ޖޫހުގެވެސް އަގުހެޔޮ ކޮށްފައިވާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި އަގުހެޔޮކުރެވުނު ހުރިހާ ބްރޭންޑް ތަކަކީވެސް ރާއްޖޭގެރައްޔިތުންގެމެދުގައި މަގުބޫލުކަމާއި އިތުބާރުލިބިފައިވާ ބްރޭންޑްތަކެއް ކަމަށާއި އަބަދުވެސް އެސްޓީއޯގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުން ކަމަށްވީހިންދު އަގުހެޔޮކުރެވުނު މުދާ އެސްޓީއޯ ސުޕަމާރޓުގެ އިތުރުން އެސްޓީއޯ ރީޖަނަލް 12 ފިހާރައިން މާލެޔާ އެއްއަގެއްގައި ރައްޔަތުންނަށް ލިބިގެންދާނެއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ފަށާފައިވަނީ މި އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ ސުޕަމާރޓް ފިހާރައިން ރީޓެއިލް ކަސްޓަމަރުންނަށް އަދި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ކަސްޓަމަރުންނަށް ހިންގަމުން އަންނަ ޕްރޮމޯޝަނެއް ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.

150,000/- ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ އަދި -/1500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިއެކޭ އެއްގޮތައް މިހާރުވެސް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން 500/-ރުފިޔާއިން މަތިން ކުރާވިޔަފާރި ހިލޭ ޑެލިވަރީ ކޮއްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން