ކްލަބްމެޑް ކަނިފިނޮޅު ރިސޯޓުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމީހާ ގެނބިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު 12:39 ހާއިރު ކަމަށެވެ. އެމީހާ މަރުވެފައިވަނީ އޭޑީކޭ އަށް ގެންދިޔަފަހުން ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ގެނބިގެން މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.