ހައިވޭއާއި ބުރިޖްގައި ހަރުކުރާ ކެމެރާތަކުގެ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ހައިވޭއާއި ބުރިޖްގައި ހަރުކުރާ ކެމެރާތަކުގެ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހައިވޭއާއި ސިނަމާލެ ބުރިޖްގައި ހަރުކުރާ ކެމެރާތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބަރ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން  މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާންކޮށްފިއެވެ. 

ފުލުހުން ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ފުލުހުންގެ ވެބްސައިޓްގައި އިއުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "ބިޑް ރަޖިސްޓަރ ފޯމް" ފުރިހަމަކުރެއްވުމަށްފަހު އެ މުއައްސަސާއިން ދީފައިވާ މެއިލް އެޑްރެހަށް މެއިލްކުރުމަށެވެ.

މިބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 މޭ 04 ވަނަ ދުވަހު ގެ 16:00 ކަމަށާ ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕްރީބިޑް އޮންނާނީ މެއި 5 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގ 01 ގައި ހެނދުނު 11:00 ގައެވެ. އަދި 
ބީލަން ހުޅުވުން އޮންނާނީ 2019 މޭ 09 ދުވަހުގެ 11:00 ގައި އިސްކަންދަރު ބިލްޑިންގ 01 ގައިކަމަށްވެސް ފުލުހުން ބުނެއެވެ.

މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން