ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަދާފައިވާ "ރަށު މާރުކޭޓު" ގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދީފިއެވެ.
ޑްރައި ސްޓޯލާއި ވެޓް ސްޓޯލް ނަމުގައި ދެބަޔަކަށް ބަހާލައިފައިވާ މި މިގޮޅިތަކުގައި 69 އަކަފޫޓް ހުރެއެވެ.
ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކަން ހަމަޖައްސާފައިވާ ގޮޅިތަކެކެވެ. އަދި ވެޓް ސްޓޯލުތަކުގައި ވިއްކުމަށް ހަމަޖައްސާފައިވަނީ ރޯމަހެވެ.
މިގޮޅިތައް ކުއްޔަށް ނެގުމަށް 871 ފަރާތަކުން ކުރިމަތިލިއެވެ. ގޮޅިތައް ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 3500 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ.
Congratulations to everyone who secured their stalls at #Rashumaarukeytu in Hulhumalé.
— HDC (@hdcmaldives) April 29, 2019
Please find below link for the draw results published on our website.https://t.co/rzDjBPdzZf