ދިރާގު މަމެން އިންޓަސްކޫލް ބައިކް މުބާރާތަށް ބޮޑު ތަރުހީބެއް

ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރާގު މަމެން އިންޓަސްކޫލް ބައިކް މުބާރާތަށް ބޮޑު ތަރުހީބެއް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 26 އާއި 27 ގައި ހުޅުމާލޭ ރޭސިންގ ޓްރެކްގައި ވަނީ ބައިސްކަލް ދުއްވުމުގެ މުބާރާތެއް ބާއްވާފައެވެ. މިމުބާރާތުގައި 16 ސްކޫލަކުން ޖުމްލަ 515 ދަރިވަރުން ބައިވެރިވެފައިވެއެވެ. 

ތިން އުމުރުފުރާއަކަށް ބަހާލެވިފައިވާ މިމުބާރާތުގައި ބައިވެރިވީ އުމުރުން 14 އަހަރުން ދަށުގެ ބައިވެރިންނާއި 16 އަހަރުން ދަށުގެނ ބައިވެރިންގެ އިތުރުން 18 އަހަރުން ދަށުގެ ބައިވެރިންނެވެ. އެކުދިންނާއެކު ތަފާތު 25 ރޭހެއް މިމުބާރާތުގައި ބާއްވާފައިވާ ކަމަށް ދިރާގުން މައުލޫމާތު ދީފައިވެއެވެ. 

މީގެއިތުރުން "ފަން ރައިޑް" ގެ ނަމުގައި އުމުރުން 12 އަހަރުން ދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބައިސްކަލު ރޭހެއް ބާއްވާފައިވެއެވެ. 

ދެ އުމުރުފުރާ އެއްކޮށް އެއްވަނަ ހޯދީ ހިރިޔާ ސްކޭލެވެ. ދެވަނައަށް ޣާޒީ ސްކޫލް ގޮސްފައިވާއިރު ތިންވަނަ އަށް ގޮސްފައިވަނީ ހުރަވީ ސްކޫލެވެ. 

ދިރާގު "މަމެން އިންޓަސްކޫލް ބައިކް މުބާރާތް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ. އަދި ފަންރައިޑްގެ ބައިވެރިންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މެޑަލް ވެސް ހަވާލު ކޮށްދެއްވާފައެވެ. 

މިއީ ބައިކް މޯލްޑިވްސް އާއެކު ދިރާގުން ބޭއްވި ދެވަނަ ބައިސްކަލް ދުއްވުމުގެ މުބާރާތެވެ.

މިއަދު އޮންލައިން