ވިލިނގިލީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 29ސ
ވިލިނގިލީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގއ.ވިލިނގިލީގެ ވިނަގަނޑެއްގައި ރޯވެ އަލިފާނިގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން މިއަދު ހަވީރު 17:09 ހާއިރު ހިނގި މިހާދިސާގައި ރޯވެފައިވަނީ، ވިލިނގިލީގައި މިހާރު ހަދަމުންް ގެންދާ ވޯޓަރ ސަޕްލައި އަށް ޚާއްސަ އިމާރާތާއި ދިމާލުން އޮންނަ އަތިރި މަތީގައި ހެދިފައިހުރި ވިނަގަސް ތަކެއްގައެވެ.

އަލިފާން ރޯވި ސަރަހައްދަށް ގޮސް ފުލުހުންނާއި ޢާންމު ރައްޔިތުން އަލިފާން ނިވާލުމަށް ކުރި މަސައްކަތުގެ ސަބަބުން 17:25 ހާއިރުގައި އަލިފާންގަނޑު ނިވާލެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން