ދިރާގުން ބޮޑެތި އިނާމުތަކާ ހިލޭ ލިބޭނެ ތަފާތު ގިނަ ޚިދުމަތްތަކާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް އިއުލާންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 55ސ
ދިރާގުން ބޮޑެތި އިނާމުތަކާ ހިލޭ ލިބޭނެ ތަފާތު ގިނަ ޚިދުމަތްތަކާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް އިއުލާންކޮށްފި

ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުންބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު ދިރާގުގެ ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތައް މިއަދު އިއުލާން ކޮށްފި އެވެ

ރަމަޟާންމަހަކީހާއްސަ މައްސަރަކަށްވެފައި ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. މިގޮތުން ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސްދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް އެންމެ ހެޔޮ އަގަގެއްގައި ފޯރުކޮށްދީ  އެތައް ހަދިޔާއެއް މިރޯދަމަހު ފޯރުކޮށްދޭނެއެވެ. 

ސްޕެޝަލް ރޯދަ ބަންޑްލްސް އާއެކު އެމް. އޭ. ޕީ. ޑީ އަށް ހަދިޔާއެއް!

ރޯދަމަހަކީ ކަސްޓަމަރުން ޑޭޓާ އިތުރަށް ބޭނުން ކުރައްވާ މަހެކެވެ. އެހެންކަމުން ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފިއެވެ. މި ޕެކޭޖްތަކުގެ ތެރޭގައި200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ.ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 1 ޖީބީވަނީ ހިމަނާފައިއެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅާލައްވާށެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

އަދި ހަމައެއާއެކު ރޯދަ މަހަކީ އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެކެވެ. އެހެންކަމުން،  ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ހަރަދުގެ %10 އެމް. އޭ. ޕީ. ޑީ އަށްހަދިޔާ ކުރެވިގެންދާނެއެވެ.އެމް. އޭ. ޕީ. ޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންޖާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިރާގު ޕޭ ގެ ޚާއްސަ ޕްރޮމޯޝަންތައް 

ލޮކަލް މާރުކޭޓް

ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރިކުރަށްވާ 25 ކަސްޓަމަރަށް ހިލޭ 1 ކިލޯގެ ކަރައެއް ލިބޭނެއެވެ.

އިފްތާރް ޑިސްކައުންޓް

ދިރާގު ޕޭ މެދުވެރިކޮށް ތިރީގައިމިވާ ރެސްޓޯރެންޓްތަކުން ރޯދަ ވީލުމަށް ފައިސާ ދައްކައިގެން ޑިސްކައުންޓް

1. އެޗްއައިއެޗް – %20 ޑިސްކައުންޓް

2. އޮކްސިޖަން ބްލޫ - %15 ޑިސްކައުންޓް

3. އޮކްސިޖަން ކެފޭ- %15 ޑިސްކައުންޓް

4. އޮލިވް ގާޑަން- %15 ޑިސްކައުންޓް

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން

މިދިޔަ އަހަރޭ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހައްދަވަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ ވަޑައިގެން، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަވާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތާތް ދައްކަވާ ވަރުގެ  ތަފްސީލު ފުރިހަމަކޮށްލައްވާށެވެ. އައަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީއެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ. އެހެން ކަމުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެއެވެ. 

ފައިބަރަބްރޯޑްބޭންޑް ބޫސްޓަރސް

މި ރޯދަމަހު ހުރިހާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކުން %25 ޑިސްކައުންޓް ލިބޭނެއެވެ.

ރޯދަމޮމެންޓްސް – އިންސްޓަގްރާމް ކޮންޓެސްޓް

އިންސްޓަގްރާމަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ އެޕެވެ. އެހެންކަމުން މިފަހަރުވެސް ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ވަނީ ތަޢާރަފްކޮށްފައިއެވެ. މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMomentsމި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް އޭ80 ލިބޭނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ސެމްސަންގް އާއި ގުޅިގެންނެވެ

ސައުދީ އަށް ގުޅޭ އެންމެ ހެޔޮ އަގު! 019އައި.ޑީ.ޑީ ޕްރޮމޯޝަން

ރަމަޟާންމަހާ ދިމާކޮށް އެތައްދިވެހިންނެއް އުމްރާވުމަށް ސައުދީއަރަބިއްޔާއަށްދެއެވެ. ދިރާގުން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެޕްރޮމޯޝަނެއް ހިންގައެވެ. މިއަހަރުވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.89 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 6 މޭ 2019 އިންފެށިގެން 9ޖޫން 2019 ގެ ނިޔަލަށެވެ.

އަޅުކަންތަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރުން ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެ ގޮތުން، ޕްރިޕެއިޑް މުދުވެރިކޮށްއެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

 

މިއަދު އޮންލައިން