ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ޚިދުމަތް ގާއިމްކޮށްފި!

އަހުމަދު
ކިޔުމަށް ހޭދަވާނީ 32ސ
ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ޚިދުމަތް ގާއިމްކޮށްފި!

މާލޭ ލޯކަލް މާރުކޭޓުގައި ދިރާގު ޕޭގެ ޚިދުމަތް އެ ކުންފުނިން ގާއިމްކޮށްފިއެވެ.

ދިރާގުން ބުނެފައިވަނީ އެކުންފުނީގެ ޕޭގެ ހިދުމަތް މެދުވެރިކޮށް ބައްލަވައިގަންނަ ތަކެއްޗަށް އެކަމަށް ހާއްސަ ކުރެވިފައިވާ ގޮޅިން ފައިސާ ދެއްކޭނެކަމަށެވެ. 

މިވަގުތު ދިރާގު ޕޭގެ ޚިދުމަތުން ވިޔަފާރިކުރެވޭނީ މާރުކޭޓްގެ އެންމެ ގޮޅިއަކުންނެވެ.

ޕްރޮމޯޝަނަކާ އެކު މާލޭ ލޯކަލް މާރުކޭޓުގައި ގާއިމްކުރި ދިރާގު ޕޭގެ ޚިދުމަތުގައި އެ ގޮޅިންނާއި އަމީނީ މަގުގައި ދިރާގު ޕޭއަށް ހާއްސަކޮށްފައިވާ ފިހާރައިން 150ރ. އަށް ވުރެ މަތީ ވިޔަފާރިއެއް ކުރާ މީހުންނަށް ކަރާ ކިލޯއެއް ހިލޭ ލިބޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން