ޚަބަރުގައިވާ ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލްއަޤްޞާގަ އިއްޔެ ކުރި ހުކުރި ހުކުރު ނަމާދެވެ. ކިރިޔާވެސް ފުރުޞަތެއް ދީފިނަމަ އެތައް ހާސް މުސްލިމުން ނުކުމެ މުޅި ސަރަހައްދު ފުރައިލައެވެ.

މިފަދަ މަންޒަރުތައް ފެންނަ ކޮންމެ ދުވަހަކު މުސްލިމުންގެ ލެޔަށް ދަހިވެތިކަން ބޮޑުވެ ހައްދު ފަހަނައަޅާފައިވާ އިޒްރޭލާއި އެމެރިކާގެ މޭގަނޑު އަންނަނީ އަނގައަށް ނުކުންނަމުންނެވެ.
ބާދިޖަހައިގެން، އަނިޔާކޮށްގެން، މަރައިގެން މުސްލިމުންގެ ޢަޤީދާ ފަހަތަށް ޖެއްސުވޭނެ ނަމަ އެކަން ކުރެވޭނެ ހުރިހާ ކަންކަން މެދު ކެނޑުމެއް ނެތި އެމެރިކާ އާއި އިޒްރޭލުން ކުރި ނަމަވެސް އެކަމުގެ ނަތީޖާ ﷲ ތަޢާލާގެ މިންވަރުފުޅުން ހަމަ ސުކެކެވެ.