ރިޔާސީ ލޯންޗް ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލްކޮށް، އަލުން ބަލަން އަންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ރިޔާސީ ލޯންޗް ގޮއްވާލި މައްސަލާގައި އަދީބަށް ކުރި ހުކުމް ބާތިލްކޮށް، އަލުން ބަލަން އަންގައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ކޮށްފައިވާ ރިޔާސީ ލޯންޗް ''ގޮއްވާލި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކުރަން ނިންމި އެންމެ މައިގަނޑު ސަބަބަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ހިލާފަށް، ޖިނާއީ އިޖުރާއަތްތަކާ ވެސް ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ. 

އަދީބުގެ ހުކުމް ބާތިލްކޮށްފައިވާއިރު ހަމަ އެ މައްސަލާގައި 10 އަހަރުގެ ޖަލު ހުކުމް އިއްވި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ ހުކުމް ވެސް މިއަދު ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ސެޕްޓެމްބަރު، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އަދީބު 15 އަހަރަށް ޖަލަށް ލުމަށާއި އަދީބުގެ އޭރުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ގަ އެވެ.

 

މިއަދު އޮންލައިން