އެޗްޑީސީގެ ސެކިއުރިޓީންނާއި ސަރަހައްދުތައް ބަލަހައްޓާ މީހުންގެ ތެރެއިން 148 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އެޗްޑީސީގެ ސެކިއުރިޓީންނާއި ސަރަހައްދުތައް ބަލަހައްޓާ މީހުންގެ ތެރެއިން 148 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ ސެކިއުރިޓީންނާއި ސަރަހައްދުތައް ބަލަހައްޓާ މީހުންގެ ތެރެއިން 148 މުވައްޒަފަކު އެކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އެޗްޑީސީން ބުނެފައިވަނީ މި މުވައްޒަފުންގެ ތެރޭގައި އަމިއްލަ އަށް އިސްތިއުފާ ދިން މީހުންވެސް ހިމެނޭއިރު މި 148 މީހުން ވަޒީފާއިން ވަކިކުރީ އެއްފަހަރާނުން ކަމަށާއި ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ނޯޓިސް ވެސް ދީފައިކަމަށެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީ އަށް 150 މުވައްޒަފުން ވައްދާފައިވާއިރު އެޗްޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަރުކާރުގެ ކުންފުންޏެވެ.

އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތަށް ބެލުމަށް މިހާރުވަނީ ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން