ހުޅުމާލޭ ލޯކަލް މާރުކޭޓުގައި ރާއްޖޭގައި ޤްވާއިދާއި ޚިލާފަށް އުޅެ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އުމުރުން 36 އަހަރުގެ ބަނަގްލަދޭޝް މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ އަކީ ގަވާއިދާއި ޚިލާފަށް އުޅޭ މީހަކުކަން އެނގުނީ ދިވެއްސަކާއި މާރާމާރީ ހިންގައިގެން ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ބެލިބެލުމުން ކަމަށެވެ. ދިވެހި މީހާއަށް ކުދި އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް ދައުވާ ކުރަން ބޭނުން ނުވާތީ އެ މައްސަލައިގައި އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
މާރާމާރީގެ މައްސަލަތަކަކީ ދައުލަތުން ދައުވާކުރާ ޖިނާޢީ މައްސަލައެއްކަން ފާހަގަކުރެވެއެވެ.