ހުޅުމާލޭގައި 6 އަހަރާއި 8 އަހަރުގެ ކުޑަ ދެ ފިރިހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގި މީހާ ބަންދުކޮށް މުއްދަތުޖަހައިފިއެވެ.
ފުލުހުން ބުނީ ކުޑަކުދިންތަކަކާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ 19 އަހަރުގެ ފިރިހެން މީހާއަށް ހުޅުމާލެ ކޯޓުން 12 ދުވަހުގެ މުއްދަތެއް ޖަހާފައިކަމަށެވެ.
މިމައްސަލަ ފުލުހުންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.
މިކަމަމާއި ގުޅިގެން ހުޅުމާލެއިން ބަޔަކުނިކުމެ ވަނީ މިމީހާ ގަން ހިންގުވާފައެވެ.