އިޖްތިމާއީ ޒިންމާގެ ދަށުން ލ.ހިތަދޫގެ އާއިލާއަކަށް އޭޑީކޭ އިން އެހީތެރިކަން ފޯރުކޮށްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
އިޖްތިމާއީ ޒިންމާގެ ދަށުން ލ.ހިތަދޫގެ އާއިލާއަކަށް އޭޑީކޭ އިން އެހީތެރިކަން ފޯރުކޮށްދީފި

އިޖްތިމާއީ ޒިންމާގެ ދަށުން އޭޑީކޭ ޖެނެރަލް ޓްރޭޑުން ލ.ހިތަދޫގެ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އޭޑީކޭ އިން ބުނެފައިވަނީ މާމަޔާއި 5 ކުދިން ހިމެނޭ މިއާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ ދިރިއުޅުމުގެ ކަންކަން ރަގަނޅުކޮށްދިނުމަށް މިއާއިލާ ދިރިއުޅޭ ގޭގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ފާހާނާ އާއި ޖަންގްޝަން ހަދައި، ކޮޓަރީގައި ސިމެންތިޖަހާ، ޓައިލްސް ޖެހުމާއި، އިލެކްޓްރިކަލް މަސައްކަތްތަކާއި ކުލަލުމުގެ މަސައްކަތުގެ އިތުރުން މިގޭގެ ސިޓިންގރޫމް އަދި ކެއުމަށް ތިބޭ ވަކި ތަނެއް ރާނާ ހިޔާކޮށްދީފައިވާ ކަމަށެވެ.

އޭޑީކޭ އިން ބުނެފައިވަނީ މި ހަރަކާތަށް ދަމާސް ކުންފުނީގެ ބޮޑުއެހީތެރިކަމެއް ލިބިފައިވާކަމަށާއި އެގޮތުން މިއާއިލާ ދިރިއުޅޭ ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ހަދިޔާ ކޮށްފައިވަނީ ދަމާސް ކުންފުނީގެ ފަރާތުން ކަމަށެވެ.

މި އާއިލާއަކަށް އެހީތެރިވުމަށް ބޭއްވި ހަރަކާތުގައި ލ.ހިތަދޫ ކައުންސިލްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ވެސް އޭޑީކޭ އިން ބުނެފައިވަނީ ބުނެފައެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވާ އޭޑީކޭ ގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. 

މިއަދު އޮންލައިން