އަދީބުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށް ނުދިން

ކިޔުމަށް ހޭދަވާނީ 39ސ
އަދީބުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށް ނުދިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް، އަދީބު ބަންދުގައި ބެެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނުދިނެވެ. 

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ، އަދީބުގެ ބަންދު އިތުރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވާތީ އެކަމަށްޓަކައި މިއަދު އަދީބު ކޯޓަށް ހާޒިރު ކުރުމަށްފަހުއެވެ. 

ކުރީގެ ނައިބު ރައީސް އަދީބު ބަންދުގައި ހުންނެވީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތަށެވެ. އެދައުވާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.

 

މިއަދު އޮންލައިން