އެއްވެސް ޤައުމަކުން ޖިންސުގެ ހަމަހަމަކަން ޤާއިމުކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް އދ އިން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެއްވެސް ޤައުމަކުން ޖިންސުގެ ހަމަހަމަކަން ޤާއިމުކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް އދ އިން ބުނެފި

ދުނިޔޭގެ އެއްވެސް ޤައުމަކުން ޖިންސުގެ ހަމަހަމަކަން ޤާއިމުކުރަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް އދ އިން ބުނެފި އެވެ. 

އދ އިން ބުނެފައިވަނީ 2030ގެ ނިޔަލަށް ތައުލީމާއި މޫސުމީ މައްސަލަތަކާއި ޖިންސީ ހަމަހަމަކަން ޤާއިމުކުރަން އދގެ މެންބަރު ޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޖިންސީ ހަމަހަމަކަން ޤާއިމުކުރަން އެއްވެސް ޤައުމަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. 

ޖިންސުގެ ހަމަހަމަކަން ޤާއިމުކުރަން ބޮޑަށް މަސައްކަތްކުރަނީ އެންމެ މުއްސަނދި ޤައުމުތަކުން ކަމާއި ފަޤީރު ޤައުމުތަކުން މަސައްކަތްކުރަނީ ވަރަށް ކުޑަކޮށްކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. 

ރާއްޖޭގައި އަންހެނުންނަށް މިހާރު ނުލިބި ހުރި ހައްޤުތަތަކަށް ބަލާއިރު ކޯޓަށް ނުގޮސް ފިރިން ވަރިކުރުމާއި ފިރިހެނުން ފަހަތުލައިގެން އިމާމްވެ ނަމާދުކުރުން ފަދަ ޙައްޤުތައް އަދި އަންހެނުންނަށް ދީފައެއް ނުވެއެވެ. އަދި މިފަދަ ކަންކަމަކީ ރާއްޖޭގައި ކުރެވޭނެ ކަންކަން ކަމަކަށްވެސް ޤަބޫލެއް ނުކުރެވޭއިރު އެއް ޖިންސުން ކައިވެނި ކުރުމުގެ ޙައްޤަކީ އެއްވެސް ޖިންސަކަށް ރާއްޖެއިން ދޭނެ ޙައްޤެއް ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ.

 

މިއަދު އޮންލައިން