ޑެންގީގެ ހަތަރު ބާވަތުން ދިފާޢުކޮށްދޭ ވެކްސިނެއް އެމެރިކާގަ ހުއްދަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޑެންގީގެ ހަތަރު ބާވަތުން ދިފާޢުކޮށްދޭ ވެކްސިނެއް އެމެރިކާގަ ހުއްދަކޮށްފި

ޑެންގީގެ 4 ބާވަތުން ދިފާޢުކޮށްދޭ ވެކްސިނެއް ބޭނުންކުރަން އެމެރިކާގެ އެފްޑީއޭ އިން ހުއްދަކޮށްފި އެވެ. ނަމަވެސް ފުރަތަމަ ވެކްސިން ދޭން ކަނޑައަޅާފައިވަނީ އުމުރުން 9 އަހަރާއި 16 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ.

 

ވެކްސިން ބޭނުންކުރަން ހުއްދަ ދިނީ 3 ފަހަރެއްގެމަތިން 35،000 މީހުންނަށް ވެކްސިން ދިނުމުން 76 އިންސައްތަ މީހުންނަށް ވެކްސިން މަސައްކަތްކުރިކަމަށް ކަނޑައަޅައިފައެވެ.

 

ފުރަތަމަކޮޅު ވެކްސިން ދޭން ނިންމާފައިވަނީ އެއް ފަހަރު ޑެންގީ ޖެހި ރަނގަޅުވެފައިވާ ކުދިންނަށެވެ. ސަބަެއް ކަމަށް ބުނެފައިވަނީ އެންމެ ނުރައްކައުތެރިކަން ބޮޑުވަނީ 2 ވަނަ ފަހަރު ޖެހުމުން ކަމަށްވާތީ ކަމަށެވެ.

 

މިއަދު އޮންލައިން