ރާއްޖެ އާ ވީހާ ގާތް ގުޅުމެއް ބާއްވައި އެހީތެރިވެދޭން އިންޑިއާއިން ބޭނުންވޭ: ބޮޑުވަޒީރު މޯދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ރާއްޖެ އާ ވީހާ ގާތް ގުޅުމެއް ބާއްވައި އެހީތެރިވެދޭން އިންޑިއާއިން ބޭނުންވޭ: ބޮޑުވަޒީރު މޯދީ

ރާއްޖެއާއި ވީހައި ގާތް ގުޅުމެއް ބާއްވައި އެހީތެރިވެދޭން އިންޑިއާއިން ބޭނުންވާ ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން އަބަދުވެސް ދާނީ ފޯރުކޮށްދެމުން ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ، ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ކަންކަމުގައި ރާއްޖެއަށް އެހީތެރިވެދިނުން ކަމަށެވެ.

 

ބޮޑުވަޒީރު މޯދީ ދެއްވި ބަޔާނުން: 

ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކުގެ އިތުރުން ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ދާއިރާ ތަކަށްވެސް މިއަދު ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މުޅިން އައު ކަންކަމުގައި ގުޅިގެން މަސައްކަތްކުރަން މިއަދު ވަނީ އެއްބަސްވެވިފައެވެ. ރާއްޖެއަށް ވަގުތުން ބޭނުންވި މާލީ އެހީތެރިކަމާއި އެހެން ދާއިރާތަކުންވެސް ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން މިގެންދަނީ ފޯރުކޮށްދެމުންނެވެ. 

ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ކަނޑުގެ ރާޅުތަކުން ގުޅިފައިވާތާ އެތައް ހާސް އަހަރެއް ވެފައިވާ ބަދަހިގުޅުމެކެވެ. އެ ގުޅުން ދުރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއަށް ބެލިނަމަވެސް 2004 ވަނަ ސުނާމީ ކާރިސާއަށް ބެލި ނަމަވެސް އަދި އެންމެ ފަހުން ކުރިމަތިވި ފެނުގެ ކާރިސާއަށް ބެލި ނަމަވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް އެހީތެރިވެދީފައެވެ. އަދި އަބަދުވެސް ރާއްޖެއަށް އެހީތެރިވުމުގައި އެންމެ ފުރަތަމަ އިސްނަގައި ހަރަކާތްތެރިވަނީ އިންޑިއާ އިންނެވެ. 

އިންޑިއާގައި އެންމެފަހުން ބޭއްވި އިންތިޚާބުން ވެސް އަދި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުންވެސް އެނގިގެންދަނީ 2 ޤައުމުގެ ރައްޔިތުންވެސް ބޭނުންވަނީ ހަމަޖެހުމާއި ތަރައްޤީ ކަމެވެ. ވީމާ 2 ޤައުމުންވެސް ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްޤީއަކަށް ވަރަށް ބޮޑަށް މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. 

މީގެ އިތުރުން މިއަދު އެމަނިކުފާނަށް އެރުވި ނިޝާން އިއްޒުއްދީންގެ ޝަރަފަކީ މުޅި އިންޑިއާއަށް ދިން ޝަރަފެއް ކަމުގައި މޯދީ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ލިބިފައިވާ ޤްދަރަތީ ރީތި ކަމަކީ ސަރަހައްދުގެ އިތުރުން ދުނިޔެއަށް އޮތް ޖަވާހިރެއްގެ ގޮތުގައިވެސް މޯދީ ވަނީ ސިފަކުރައްވައިފައެވެ. 

މިއަދު އޮންލައިން