ފިފާ ވިމެންސް ވަރލްޑް ކަޕް: ފަހަތުންއަރާ ސައުތް އެފްރިކާ ބަލިކޮށް ސްޕެއިންގެ ފެށުން ރަނގަޅުކޮށްފި.

ކިޔުމަށް ހޭދަވާނީ 44ސ
ފިފާ ވިމެންސް ވަރލްޑް ކަޕް: ފަހަތުންއަރާ ސައުތް އެފްރިކާ ބަލިކޮށް ސްޕެއިންގެ ފެށުން ރަނގަޅުކޮށްފި.

ފިފާ ވިމެންސް ވަރލްޑް ކަޕް 2019ގައި މިރޭ 21:00ގައި ކުޅުނު ގްރޫޕް ބީގެ މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ސްޕެއިންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ސްޓޭޑި އޯޝެނިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސައުތް އެފްރިކާއިންނެވެ. މިލަނޑު 25 ވަނަ މިނެޓުގައި ޖެހީ ގަލާނާއެވެ. އަދި ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލަނޑެއް ޖަހަން ސްޕެއިން ޓީމުން ކުރަމުން އައި މަސައްކަތަށް ދިރުން ލިބުނީ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެވެ. އަދި ސްޕެއިންގެ ޖެނީ ވަނީ ކާމިޔާބުކަމާއެކު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ސްޕެއިނަށް 83 ވަނަ މިނެޓުގައި ލީޑުނަގައިދިނީވެސް ލިބުނު ޕެނަލްޓީއަކުން ޖެނީއެވެ. އަދި 89 ވަނަ މިނެޓުގައި ގާސިއާ ވަނީ އިތުރު ލަނޑެއް ޖަހާ 3 ޕޮއިންޓުގެ އުއްމީދު ޔަގީންކޮށްދީފައެވެ.

މި މުބާރާތުގައި މިރޭ 12 ޖަހާއިރު ކުޅޭނީ ނޯވޭއާއި ނައިޖީރިއާ އެވެ. 

މިއަދު އޮންލައިން