ބޮޑުވަޒީރު މޯދީ ރައީސް ޞާލިޙަށް ހަދިޔާކުރެއްވީ ކްރިކެޓް ބެޓެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ބޮޑުވަޒީރު މޯދީ ރައީސް ޞާލިޙަށް ހަދިޔާކުރެއްވީ ކްރިކެޓް ބެޓެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ކްރިކެޓް ބެޓެއް ހަދިޔާކުރައްވައިފިއެވެ.

މިކަމާގުޅިގެން މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ އެކުވެރިޔާ ރައީސް ސޯލީހަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ ކްރިކެޓް ވޯލްޑް ކަޕުގައި ކުޅެމުން އަންނަ އިންޑިއާ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ބެޓެއް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

މި ބެޓުގައި އިންޑިއާ ކްރިކެޓް ޓީމުގެ 15 ކުޅުންތެރިން ސޮއިކޮށްފައި ވެއެވެ.

މޯދީ މި ބެޓް ހަދިޔާކުރެއްވީ، ރާއްޖެ އަށް މިއަދު މެންދުރުފަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހާ އެކު މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

 

މިއަދު އޮންލައިން