އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަރުކާރު ކޯލިޝަނުގެ އެންމެ އިސް ލީޑަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ބާނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއިވެސް ބައްދަލުކުރައްވައިފައެވެ.
Prime Minister of #India @narendramodi meets with the political leaders of the #Maldives pic.twitter.com/y9dpeULHeN
— Presidency Maldives (@presidencymv) June 8, 2019