ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން އަދީބަށް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނުން އަދީބަށް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފިއެވެ.

އަދީބަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަ ދީފައިވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަމަށް  ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިމައްސަލާގައި 15 ދުވަހުގެ ޖަލު ހުކުމެއް އަދީބު ތަންފީޒު ކުރަމުން ދާއިރު މިހުކުމްގެ މުއްދަތު ހަމަވާނީ އަންނަ ހުކުރު ދުވަހުއެވެ.

 

މިއަދު އޮންލައިން