އެސްޓީއޯއިން އަނެއްކާވެސް ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
އެސްޓީއޯއިން އަނެއްކާވެސް ބާޒާރުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

މާދަމާ (ޖޫން 14 ހުކުރު) އިން ފެށިގެން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މިއީ މި އަހަރު އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރި ތިން ވަނަ ފަހަރެވެ. މި ބަދަލާއި އެކު ކުރީގެ ޑީސަލް ލީޓަރެއްގެ އަގުން 78 ލާރި ހެޔޮވާނެއެވެ. އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮވާނެއެވެ.  މިގޮތުން ޝެޑް ތަކުން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.13 ރ. އަށް އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރ. އަށެވެ. 

އެސްޓީއޯ އިން ބުނީ މިފަހަރުވެސް ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން ކަމަށެވެ. 

 

 

 

~ ~ ~

މިއަދު އޮންލައިން