މެދުކެނޑިފައިވާ ސީ.ޓީ ސްކޭންގެ ޚިދުމަތް އައިޖީއެމް ހޮސްޕިޓަލުން އަލުން ފަށައިފިއެވެ.
އެ ހޮސްޕިޓަލުގެ ބޭސްމަންޓްގައި ގާއިމްކުރެވިފައިވާ އެއް ޔޫ.ޕީ.އެސް ސިސްޓަމްގެ ބެޓެރީ ބޭންކްގައި މިމަހުގެ 14 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސީ.ޓީ ސްކޭން މެޝިނަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މެދުކެނޑިފައިވާ ސީ.ޓީ ސްކޭންގެ ޚިދުމަތް މެދުކެނޑުމެއްނެތި ދެމުންދާނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ވަނީ އަލިފާން ރޯވެފައެވެ.
މި މައްސަލަ ހައްލުކޮށްދެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އައިޖީއެމްއެޗުންވަނީ ޝުކުރުދަންނަވާފައެވެ.