އެންމެ ހަލުވި އިންޓަނެޓް ސްޕީޑް ކަމަށްވާ "1ގިގާސްޕީޑް" ރާއްޖެއަށް އަލަށް ދިރާގުން ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 18ސ
އެންމެ ހަލުވި އިންޓަނެޓް ސްޕީޑް ކަމަށްވާ "1ގިގާސްޕީޑް" ރާއްޖެއަށް އަލަށް ދިރާގުން ތަޢާރަފްކޮށްފި

އެންމެ ހަލުވި އިންޓަރނެޓް ސްޕީޑް ކަމަށްވާ "1 ގިގާސްޕީޑް" ގެ ޚިދުމަތް، ދިރާގުން ރާއްޖެއަށް އަލަށް ތަޢާރަފް ކޮށްފިއެވެ.

މިޚިދުމަތް ތަޢާރަފްކޮށްދެއްވީ، އެކަމަށްޓަކައި ދިރާގުގެ މެއިން ބިލްޑިންގ ގައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ސައިންސް، މުޙައްމަދު މަލީޙް ޖަމާލް އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގުން މިހާތަނަށް ތަޢާރަފްކުރި އެންމެ ހައިސްޕީޑް ކަމުގައިވާ 100 އެމްބީޕީއެސް އަށްވުރެ 10 ގުނަ ހައިސްޕީޑް އިންޓަނެޓް ޚިދުމަތެއް ކަމަށެވެ.

"މިއީ ވަރަށް ފަހުން ބޭރުދުނިޔެއަށް ވެސް ތަޢާރަފް ކުރެވުނު ޚިދުމަތެއް. 2018 ވަނަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 50 ވަރަކަށް ޤައުމުގައި ގިގާ ސްޕީޑް އިންޓަނެޓް ތަޢާރަފްކޮށްފައިވޭ. އެހެންވީމަ ރާއްޖެއަށް މިފަދަ ޒަމާނީ ޚިދުމަތެއް ތަޢާރަފް ކުރުމުގަ، ފުރަތަމަ މިޚިދުމަތް ތަޢާރަފްކުރާ ކުންފުންޏަކަށް ދިރާގުވީކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." އިސްމާއިލް ރަޝީދު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އަލަށް ތަޢާރަފްކުރެވުނު މިޚިދުމަތް ތަޢާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް ސައިނަސް މުޙައްމަދު މަލީޙް ޖަމާލު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓާރ ގެ ކުންފުނިތައް ވެސް ކުރިއަށް ދިޔުމަށްތަކައި ބޭނުންވާ އެންމެހާ އެހީތެރިކަން މިސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"މިއަދު މިތަޢާރަފްކުރާ ގިގާ ސްޕީޑް، ނޫނީ އާންމުގޮތެއްގަ އަޅުގަނޑުމެން މިބޭނުންކުރާ ސްޕީޑަށްވުރެ ދިހަ ގުނަ އިތުރު އިންޓަނެޓް ސްޕީޑެއް ރާއްޖެއަށް ތަޢާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. އަދި އެކަމަށްޓަކައި ދިރާގުގެ ބޯޑަށާއި ދިރާގުގެ އެންމެހާ މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ދިރާގުން މިތަޢާރަފްކުރި 1 ގިގާ ސްޕީޑްގެ އިންޓަނެތް ޚިދުމަތަކީ ހަމައެކަނި މާލެއަށް ތަޢާރަފްކުރާ ޚިދުމަތެއް ނޫން ކަމަށާއި މިޚިދުމަތް މާލެ އާއި، ހުޅުމާލެ، އަދި ވިލިމާލޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަށް ވެސް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. މީގެއިތުރުން ލ. ގަން، ލ. ފޮނަދޫ، ހދ. ކުޅުދުއްފުށި އަދި ބ. އޭދަފުށްޓަށް ވެސް މިޚިދުމަތް ލިބޭނެކަމަށް ދިރާގުން ބުނެފައިވެއެވެ.

މިޚިދުމަތާއި ގުޅޭގޮތުން އިތުރަށް ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި މިޚިދުމަތުން ލިބޭނެ އެންމެ ފުރިހަމަ ޚިދުމަތަކީ ކުރިން ތަޖުރިބާ ކޮށްފައިނުވާ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑެވެ. މީގެއިތުރުން މިޚިދުމަތް ބޭނުން ކުރެވޭނީ ޚާއްސަ ރޯޓަރަކުން ކަމަށާއި އެރޯޓަރު ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

މިއަދު އޮންލައިން