ރާއްޖެ-ކޮޗިން ފެރީގެ އެމްއޯޔޫ އަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި

ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖެ-ކޮޗިން ފެރީގެ އެމްއޯޔޫ އަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި

ރާއްޖޭގެ އުތުރުގައި އޮންނަ ހދ. ކުޅުދުފުއްޓާ، އިންޑިއާގެ ކޮޗިން އާއިދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމްކުރާ އެމްއޯޔޫއަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފިއެވެ.

 

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ފެރީގެ ނިޒާމު ގާއިމުކުރަން އެމްއޯޔޫއެއްގައި ސޮއި ކުރީ މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައެވެ. މޯދީގެ އެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ވަނީ ގިނަ އެމްއޯޔޫތަކެއްގައި ސޮއި ކުރައްވާފައެވެ.

 

އެ ދަތުރުފުޅުގައި ސޮއި ކުރެވިގެން ދިޔަ، ރާއްޖެއާއި އިންޑިއާއާއި ދެމެދުގެ ފެރީގެ ނިޒާމާއި ދޭތެރޭ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއަދު އޮންލައިން