ފުރަތަމަ 5 މަސްތެރޭ މިދިއަ އަހަރުގެ ފައިދާގެ ޖުމުލައިގެ ހަތްދިހަ އިންސައްތަ ލިބިއްޖެ: އެސްޓީއޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފުރަތަމަ 5 މަސްތެރޭ މިދިއަ އަހަރުގެ ފައިދާގެ ޖުމުލައިގެ ހަތްދިހަ އިންސައްތަ ލިބިއްޖެ: އެސްޓީއޯ

އެސްޓީއޯއަށް އޮޕަރޭޓިންގ ޕޮރޮފިޓްގެ ގޮތުގައި 2018 ވަނަ އަހަރު ލިބުނީ 380 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް 263 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ. 

އިއްޔެ ބޭއްވި މަޖިލީހުގެ ކޮމިޓީގައި އެމްޑީ ޙުސައިން ޢަމްރު ވިދާޅުވީ މިއީ ކުރީ އަހަރުގެ ޖުމުލަ ފައިދާގެ 70 އިންސައްތަ ކަމަށާއި މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

އަމްރު ވިދާޅުވީ އެސްޓީއޯއަކީ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވުމުން ފައިދާ ނުވާ ޚިދުމަތްވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. ހަމައެއާއިއެކު ތަފާތު އިޖުތިމާޢީ ކަންކަން ކުރަން ބޭނުންވެގެން ސްޕޮންސަރ ހޯދަން އަންނަ ފަރާތްކަށް އެހީތެރިކަންވެސް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

 

މިއަދު އޮންލައިން