ވީޑިއޯ: އިސްލާމް ދީނުގަ ހުރި ކަސްރަތުތައް ޤަބޫލުނުކޮށް ޖޮގިން ކުރުމުން ލިބޭނީ ކޮން ފައިދާއެއް؟: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ވީޑިއޯ: އިސްލާމް ދީނުގަ ހުރި ކަސްރަތުތައް ޤަބޫލުނުކޮށް ޖޮގިން ކުރުމުން ލިބޭނީ ކޮން ފައިދާއެއް؟: ޝައިޚް މަންޞޫރު

ކަސްރަތު ލިބޭ ކަމަށް ޤަބޫލުކުރެވެނީ ޖޮގިންގ އަށް ދިއުމުންނެވެ. ފައިދާ ކުރާކަމަށް ޤަބޫލުކުރެވެނީ ސެންޓަރުތަކުން ބުނާ ގޮތަށް އަމަލުކުރުމުންނެވެ. ޑައިޓްކޮށްގެން ފައިދާ ކުރާ ކަމަށް ބެލެވެނީ ވެސް ސެންޓަރުތަކުން ބުނާ ގޮތަށް ކެއުމުންނެވެ. 

ނަމާދުތައް އަޅާފައި މިއަދު އެބަ ކަސްރަތު ކުރެއެވެ. ބްރިޖްމަތީގައި އެބަ ހިނގައެވެ. ނަމާދުކުރުމާއި ރޯދަ ހިފުމަކީ އެންމެ ރަނގަޅު ކަސްރަތުކަން އެމީހުންނަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ނަމާދު އަޅައިގެން ތިބެ ކުރާ ކަސްރަތުން ކުރާނީ ކޮން ފައިދާއެއްތޯއެވެ! އެންމެ ރަނގަޅު ކަސްރަތުތައް މިވަނީ ނަމާދާއި ރޯދަ ހިފުމުގައެވެ. އެންމެ ކުޑަމިނުން ކެއުން ބަހައްޓަންވީ ގޮތްވެސް އިސްލާމް ދީނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ.  

މިސްކިތްތައް ފަޅު ނުކުރާށެވެ! ނަމާދު އަޅާފައި ކަސްރަތު ކުރުމެއް ނެތެވެ! ނަމާދުވަގުތު ޖެހުމުން އަންހެނުންވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ނަމާދު ކުރުމަށެވެ. ނަމާދު އެޅުމެއް ނެތެވެ! މިސްކިތްތައް ފަޅުކުރުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ. 

- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން