ރަށުމާރުކޭޓު ގޮޅިތައް އެޗްޑީސީ އިން ހަވާލުކުރަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ރަށުމާރުކޭޓު ގޮޅިތައް އެޗްޑީސީ އިން ހަވާލުކުރަން ފަށައިފި

ހުޅުމާލޭގައި އެޗްޑީސީ އިން އިމާރަތްކޮށްފައިވާ ރަށުމާރުކޭޓު ގޮޅިތައް ލިބުނު ފަރާތްތަކާ ގޮޅިތައް މިއަދު ހަވާލުކުރަން ފަށައިފިއެވެ.

ގޮޅިތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިއަދު ގޮޅިތައް ހަވާލުކޮށްފައިވަނީ 29 ފަރާތަކާއެވެ. އަދި މާދަމާ 28 ފަރާތާއެކު ސޮއިކުރާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. 

މިމާރުކޭޓުގެ ގޮޅިއެއްގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ އެވެ.

ހުޅުމާލޭ ހުޅަނގުފަރާތުގައި އިމާރާތް ކޮށްފައިވާ މިމާރުކޭޓަކީ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ރޯމަހުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮއަގުގައި ލިބޭނެ މަގުފަހިކޮށްދިނުމަށް ގާއިމް ހަދާފައިވާ މާރުކޭޓެކެވެ.

 

މިއަދު އޮންލައިން