ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔާއި އެބަލީގެ ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔާއި އެބަލީގެ ފަރުވާ!

ބައެއް މީހުންނަސް ހީކުރެވެނީ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަކީ ޓިޔުމަރެއް އުފެދުން ލޭ ނުހިނގުން ނުވަތަ ލޭ ގިނަވުން ފަދަ ކަމެއްގެ ސަބަބުން ޖެހޭ ބަކިތައް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. 

ސިކުނޑިއަށް ޖެހޭނެ އެންމެ ބޮޑު ބައްޔަކީ އެހެން މީހުންނާއިމެދު ވިސްނުމެވެ. އެހެން މީހުން ކުރާ ކަންކަމަށް ވިސްނުމެވެ. އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ހަސަދަވެރިވުމެވެ. ސިކުނޑިއަށް ދެވޭނެ އެންމެ  ބޮޑު ފަރުވާއަކީ ﷲ ތައާލާ އާއިމެދު ވިސްނުން ގިނަ ކުރުމެވެ. 

މިއީ އަހަރެންގެ އަމިއްލަ ބަހެއް ނޫނެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު (ރޢ) ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

އެއްވެސް މީހަކީ އެހެން މީހެއްގެ އެއްވެސް ޒިންމާއެއް ޤިޔާމަތް ދުވަހު އުފުލަން ޖެހޭނެ މީހެއް ނޫނެވެ! އެމީހާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެއް މެނުވީއެވެ. ވީއިރު މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކާއިމެދު ކަނަބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. ނަމަވެސް މީހަކު ފާފައަކަށް އަރައިގަތުން ފަދަ ކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަން ނުކުރުން އެދި ނަޞޭޙަތްތެރިވާން ވާނެއެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގުނު ނަމަވެސް އެމީހަކަށް ނަޞޭހަތެރިވެ އެމީހަކު އެކަމުން ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ.

މިފަދަ ޙާލަތެއްގައި މެނުވީ އެއްވެސް އެހެން މީހެއްގެ ކަންކަމާއި ނުބެހޭށެވެ! އެކަން ވާނީ ތިމާގެ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން