މާޔޫސްކަން ފިލުވައިލުމުގެ ތަޅުދަނޑިއަކީ ރުކޫ އާ ސުޖޫދު ދިގުކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މާޔޫސްކަން ފިލުވައިލުމުގެ ތަޅުދަނޑިއަކީ ރުކޫ އާ ސުޖޫދު ދިގުކުރުން!: މުފްތީ މެންކް

ދުނިޔެ އާއިމެދު މާޔޫސްވެއްޖެ ނަމަ ގިނަ ބައަކު ފެންވަރައި ޒީނަތްތެރިވުން ހުއްޓައިލައެވެ. ކެއިން ބުއިމާއިވެސް ދުރުހެލިވެއެވެ. އަޅުކަމާއިވެސް ދުރުހެލިވެއެވެ. ވަޒީފާއަށް ފަރުވާ ކުޑަކުރެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އެކަމުގެ ހައްލެއް ނޫނެވެ. 

އެއްވެސް ސަބަބެއް މެދުވެރިވެގެން ދުނިޔެއާއިމެދު މާޔޫސް ވެއްޖެ ނަމަ ކުރިން މިބުނި ހުރިހާ ކަންކަން ކުރުން ގިނަ ކުރާށެވެ! އިތުރަށް ފުރިހަމަކުރާށެވެ! 

ދުނިޔޭގެ އެއްވެސް ކަމަކަށް މާޔޫސްވެއްޖެ ނަމަ ކުރަން އެންމެ މުހިންމު ކަމަކީ ނަމާދު ދިގުކުރުމެވެ. ނަމާދު ދިގުކުރާށެވެ! ދިގު ސޫރަތް ނުއެނގޭނަމަ ކުރު ސޫރަތް ކިޔަވާށެވެ! ރުކޫޢާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ! އަދި ދިގު ސޫރަތް ކިޔެވި ނަމަވެސް ރުކޫޢާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަކުރާ މީހާގެ ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ! އެދޭ ކަންތަކުގެ ފެންނާނެއެވެ! އިން ޝާ ﷲ! 

މިއީ ފެށުނީންސުރެ މުސްލިމުން ކުރަމުން އަންން މުޖައްރިބް ތަޖުރިބާއެކެވެ! ނަމަވެސް މިއަދު ގިނަ ބައަކަށް ވަނީ މިކަންތައް މަތިން ހަނދާން ނެތިފައެވެ. ރުކޫޢާއި ސުޖޫދުގައި ގިނަ ވަގުތު ހޭދަކުރުމަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ގުޅުން ބަދަހިވެގެންދާނެ ކަންތަކެވެ. އެއްވެސް މީހަކާއި ﷲ ތަޢާލާ އާއި ދެމެދު ގުޅުން ބަދަހިކުރެވިއްޖެ ނަމަ އެމީހަކު މާޔޫސްވާން ޖެހޭ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެއެވެ! އިން ޝާ ﷲ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން