އަތުގައި އެއްޗެއް ނެތްނަމަ މަޑުން ހުރުމާ އަތުގަ ހުރިހާ އެއްޗެއް ހުންނައިރު ޢަމަލުކުރާ ގޮތް - ޝަޚްޞިއްޔަތު އަނގައިދޭ ދެކަންތައް!: ޢަލީގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އަތުގައި އެއްޗެއް ނެތްނަމަ މަޑުން ހުރުމާ އަތުގަ ހުރިހާ އެއްޗެއް ހުންނައިރު ޢަމަލުކުރާ ގޮތް - ޝަޚްޞިއްޔަތު އަނގައިދޭ ދެކަންތައް!: ޢަލީގެފާނު

"އިންސާނާގެ ޞަޚްޞިއްޔަތު ހާމަކޮށްދޭ ދެކަމެއް ވެއެވެ. އެއީ ތިބާގެ އަތުގައި އެއްޗެއް ނެތްނަމަ މަޑުން ހުރުމާއި ތިބާގެ އަތުގައި ހުރިހާ އެއްޗެއް ހުންނައިރު ޢަމަލުކުރާ ގޮތެވެ!" މިއީ މުސްލިމުންގެ 4 ވަނަ ޚަލީފާ ޢަލީ ބިން އަބީޠާލިބް (ރޢ)ގެ ބަސްފުޅެކެވެ. 

މިބަސްފުޅަށް ބަލައިފިނަމަ ފުރަތަމަ ބަޔާން ކުރައްވަވާފައި އެވަނީ ކަމަކާއި ގުޅިގެން ވާހަކަ ދައްކާނަމަ އެމީހެއްގެ ކިބައިގައި މައުލޫމާތު ހުންނަން ޖެހޭނެ ކަމެވެ. ޞަދަޤާތް ކުރެވެން ނެތް ނަމަ އޮތީ ކެތްތެރިވެ ދުޢާކުރުންމަތީގައި ހުރުން ކަމެވެ. ދެވަނަ ބަސްފުޅުން އެނގެނީ މީހެއްގެ ކިބައިގައި ތަނަވަސްކަން ހުރުމުން އަމަލުކުރާ ގޮތަކީ އެމިހާގެ ޝަޚްޞިއްޔަތު އަނގައިދޭ ކަމެއް ކަމެވެ. 

މި ދެ ކަންތަކަކީ ވެސް މުސްލިމުން މިއަދު ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ދެ ކަންތަކެވެ. މައުލޫމާތު ނެތި ވާހަކަ ދެއްކުން ހުޓާލަން ޖެހެއެވެ. ތަނަވަސްކަން ދެއްވެވުމުން ދީލަތިވާން ޖެހެއެވެ. ޢިލްމު ދެއްވެވުމުން ޢިލްމް ފަތުރަން މަސައްކަތްކުރަން ޖެހެއެވެ. މިކަންކަން ކުރުމުގައި އަމަލުކުރާ ގޮތުން އެމީހެއްގެ ޝަޚްޞިއްޔަތު މީސްތަކުންނަށް ހާމަވެގެންދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން