އަވަށްޓެރިންގެ ޙާލު ބެލުމަށް ޖިބްރީލްގެފާނު ތަކުރާރު ކުރައްވަވައި ރަސޫލް (ޞޢވ) އަށް ދެންނެވި!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަވަށްޓެރިންގެ ޙާލު ބެލުމަށް ޖިބްރީލްގެފާނު ތަކުރާރު ކުރައްވަވައި ރަސޫލް (ޞޢވ) އަށް ދެންނެވި!: ޢުމަރު ސުލައިމާން

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ލިބިވަޑައިގެންވަނީ ޖިބްރީލްގެފާނަށެވެ. އެހެންކަމުން ޖިބްރީލްގެފާނަށް "ސައްޔިދުލްމަލާއިކަތު" އެވެ ވެސް ކިޔެއެވެ. ރަސޫލް (ޞޢވ) ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާއެވެ. އެހެންކަމަށްވާއިރު އެންމެ މަތިވެރި މަލާއިކަތާ، އެންމެ މާތް އިންސާނާއަށް ދެއްވަވާ ކޮންމެ ނަޞޭޙަތްފުޅެއްގެ ދަރަޖަ މަތިވެގެންވާ މިންވަރު ހިތަށް ގެންނާށެވެ. 

ރަސޫލް (ޞޢވ) ގެ އަވަށްޓެރިއަކަށް ޔަހޫދީއަކު އުޅުނެވެ. އޭނާގެ ގެއަށް ރަސޫލް (ޞޢވ) ޒިޔާރްތްކުރެއްވެވުން ގިނަ ކުރެއްވެވިއެވެ. އަވަށްޓެރިޔާއަށް ޚިދުމަތް ކުރެއްވެވުން ގިނަކުރެއްވެވިއެވެ. އެކަމާއިމެދު ކަންބޮޑުވެވަޑައިގެން ޞަހާބީން ސުވާލު ދެންނެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެކަން ކުރައްވަވަނީ އަވަށްޓެރިޔާގެ ގެއަށް ޒިޔާރަތް ކުރައްވަވައި އަވަށްޓެރިޔާގެ ޙާލު ބެއްލެވުމަށް ޖިބްރީލްގެފާނު އަންގަވާތީކަމަށެވެ. އަދި އެ އެންގެވުން ތަކުރާރުކުރައްވަވާ ވަރުން ކަމަށެވެ. 

ވިސްނައިލަންވީ ކަމަކީ މަލާއިކަތްބޭކަލުންނަކީ ﷲ ތައާލާ އެބޭކަލުންނަށް އަމުރުފުޅު ކުރައްވަވާ ކަމެއް ނޫނީ ކުރައްވަވާނެ ބޭކަލުންނެއް ނޫންކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ އަވަށްޓެރިންނަށް މިއަދު ތިބީ މުސްލިމުންނެވެ. މަހަކު އެއްފަހަރު ނަމަވެސް އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލައިލެވޭ ހެއްޔެވެ؟ މަހަކު އެއްފަހަރު ޙާލު ބަލައި ނުލެވޭއިރު އަހަރަކު އެއްފަހަރު ޙާލު ބަލައިލެވޭ ހެއްޔެވެ؟ އެކަމެއް ކުރެއްވެވުމަށް ޖިބްރީލްގެފާނު ރަސޫލް (ޞޢވ) އަށް ތަކުރާރުކުރައްވަވައި ދަންނަވާނީ ކިހައި މުހިންމު ކަމެއްކަމުގައިވުމުން ކަމަށް ޤަބޫލުކުރެވޭއިރުވެސްމެއެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން