މުސްލިމް ޤައުމުތަކުގަ މުސްލިމުން މިއަދު މިކުރާ ހަނގުރާމަތައް ކުރަނީ އިސްލާމް ދީނުގެ ޙުކުމްތަކާއި ދެކޮޅަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މުސްލިމް ޤައުމުތަކުގަ މުސްލިމުން މިއަދު މިކުރާ ހަނގުރާމަތައް ކުރަނީ އިސްލާމް ދީނުގެ ޙުކުމްތަކާއި ދެކޮޅަށް!

އަނަސް ބިން މާލިކް ރިވާކުރައްވަވާފައިވަނީ އެތަނަކުން ބަންގީގެ އަޑު އިވިއްޖެ ނަމަ އެބައަކާ ހަނގުރާމަ ނުކުރުމަށް ރަސޫލް (ޞޢވ) އަމުރުފުޅު ކުރެއްވެވިކަމަށެވެ. އަދި ހަނގުރާމައަކަށް ތަނަކަށް ވަޑައިގެންނެވި ނަމަވެސް ހަނގުރާމަ ކުރެއްވެވުމުގެ ކުރިން އެތަނަކުން ބަންގީގެ އަޑު އިވޭތޯ ރަސޫލް (ޞޢވ) ބައްލަވާ ކަމަށެވެ. އަދި ބަންގީގެ އަޑު އެތަނަކުން ނުއިވޭނަމަ އެބައަކާއި ވަނީ ހަނގުރާމަ ކުރައްވަވާފައެވެ. 

އެހެން ހަދީޘްފުޅަކުން އެނގޭ ގޮތުގައި އެތަނަކުން މިސްކިތެއް ފެނިއްޖެ ނަމަ، އެތަނެއްގައި ނަމާދުކުރާނަމަ އެތަނަކުން އެންމެ މީހަކު ނުމެރުމަށްވެސް ރަސޫލް (ޞޢވ) ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. މި އަމާންކަން ލިބިގެން މިދަނީ އެތަނެއްގައި ނަމާދުކުރާތީއެވެ. ބަންގީގެ އަޑު އިވޭތީއެވެ. 

ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެތަނެއްގައި ބަނަގި ގޮވައި އެތަނެއްގައި ޖަމާއަތުގައި ނަމާދުކުރާނަމަ އެއީ އެތަނެއްގައި އިސްލާމް ދީން އޮތް ތަނެއްކަން އަނގައިދޭ ކަމެއް ކަމަށެވެ. 

އެތަނެއްގައި ނަމާދުކުރުމަކީ އިސްލާމް ދީން އެތަނެއްގައި އޮތްކަން އަންގައިދޭ ޝިޢާރެކެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ނަމާދުކުރާ މީހާއަކީ، ޤިބުލައަށް ކުރިމަތިލާ މީހާއަކީ، ﷲ ގެ ނަންފުޅުގައި ޤްރްބާން ކުރެވޭ (ކަތިލެވޭ) ތަކެތި ކާމީހަކީ، ފުރިހަމަ މުސްލިމެކޭ، ﷲ ތަޢާލާގެ ޒިންމަތުގައިވާ މީހެކޭ، ރަސޫލް (ޞޢވ)ގެ ޒިންމަތުގައިވާ މީހެކޭ." 

--"ކީއްވެ ކުރަންވީ؟" މައުޟޫއަށް އިސްލާމީ މަރުކަޒުގެ އިސް އިމާމް ނަޞްރުﷲ ޢަލީ މިރޭ ދެއްވި ދަރުސުން

އެހެންކަމަށްވާއިރު ސީރިޔާ އާއި ޔަމަނާއި އަދި އެނޫންވެސް އިސްލާމީ ޤައުމުތަކުގައި މުސްލިމުން މުސްލިމުންނާއި އަދި ކާފިރުން ބައިވެރިކޮށްގެން ކުރަމުން މިގެންދާ ހަނގުރާމަތަކަކީ، އެ ޤަމުތަކުގެ މުސްލިމުން މަރަމުން ގެންދިއުމަކީ އިސްލާމް ދީނުގެ ޙުކުމްތަކާއި ދެކޮޅަށް ހިންގާ ޖަރީމާތަކެއްކަން ޝައިޚް ނަޞްރުﷲ ޢަލީ ގެ ދަރުސުން މިވަނީ ސާބިތުވެފައެވެ.

 

މިއަދު އޮންލައިން