ފާފައަކަށް ވެދާނެ ކަމުގެ ޝައްކު އެންމެ 1%އަށް އޮތް ނަމަވެސް ކައިރި ވެގެން ނަރަކައިގެ އަލިފާނަށް ވެއްޓިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފާފައަކަށް ވެދާނެ ކަމުގެ ޝައްކު އެންމެ 1%އަށް އޮތް ނަމަވެސް ކައިރި ވެގެން ނަރަކައިގެ އަލިފާނަށް ވެއްޓިދާނެ!: މުފްތީ މެންކް

10 ވަޒަން ލެއްވޭ ފިސްތޯލައަކަށް އެންމެ ވަޒަނެއް ލައްވާވާފައި މީހެއްގެ އަތަށް އެފިސްތޯލަ ދީފައި އަޖުމަ ބަލައިލަން ބޮލަށް ޖަހައިލަން ބުނި ނަމަވެސް ހަމައެކަކުވެސް އެކަމެއް ނުކުރާނެއެވެ. ވަޒަން ނުކުތުމުގެ 9 ފުރުޞަތު އޮތް އިރުވެސްމެއެވެ. ނަމަވެސް ދީނުގެ ކަންކަމުގައި މީސްތަކުންނަށް އަމަލުކުރެވޭ ގޮތް މުޅިން ތަފާތެވެ. 

ފާފައަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް، ނުވަތަ އެކަމެއް ކުރުމުން ޝިރުކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެދާނެ ކަމަށް ބުނި ނަމަވެސް ޤަބޫލުކުރަން ބޭނުންވަނީ މަދު މީހެކެވެ. ބޭނުންވަނީ އަޖުމަ ބަލައިލުމަށް ނަމަވެސް އެކަމެއް ކޮށްލުމަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

މީސްތަކުންނޭވެ! މަހްޝަރުގެ މައިދާނުގައި ތިބާގެ އަމަލުތަކުގެ ހިސާބު ބެލެވޭ ވަގުތު އެކަމެއް ކުރީ ސީދާ އެކަމެއް ނުކުރަން ލިޔެވިފައި ނެތުމުން ކަމަކަށް ނުބުނެވޭނެއެވެ. ޝައްކުގެ މަތީގައި ހުރެ ނަމަވެސް ފާފައަކަށް އަރައިގަނެވިއްޖެ ނަމަ އެކަން ވާނީ ފާފައަކަށެވެ. ވީމާ އާޚިރަތް ދުވަހު އަހަރެމެންނަސް ސަލާމަތްކަން ލިބޭނީ ފާފައަކަށްވެދާނެ ކަމަށް ކިރިޔާ ޝައްކުކުރެވޭ ކަންކަމުންވެސް ދުރުހެލިވުމުންނެވެ. ފާފައަކަށް ވެދާނެ ކަމުގެ ޝައްކު އެންމެ އިންސައްތައަކަށް އޮތް ނަމަވެސް އެކަމެއް ނުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމަކީ އެއީއެވެ. 

ތިއަކުރަނީ ފާފައެއް ކަމަށް ބުނުމުގެ ބަދަލުގައި ކުރެވެން އުޅެނީ ފާފައަކަށް ވެދާނެ ކަމަށް މީހަކު ބުނި ނަމަވެސް އެކަމެއް ކުރުން އަވަހަށް ހުއްޓައިލާށެވެ! އެކަމެއް އެއްގޮތަކަށްވެސް ނުކުރާށެވެ! އެކަމަކީ ތިމާއަށް ފައިދާކޮށްފާނެ ކަމެއް ކަމަށް ބެލެވޭނަމަ އެއީ ފާފައެއްކަން ނުވަތަ ނޫންކަން ޔަޤީންކަމާއިއެކު ވިދާޅުވެވޭ ވަރުގެ ޢިލްމުވެރިއަކާއި މަޝްވަރާކުރާށެވެ! އެކަމަކީ ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ޝައްކު އޮތް ކަމެއް ކަމަށް ޢިލްމުވެރިޔާ ވިދާޅުވެއްޖެ ނަމަ ހަމަ އެއްގޮތަކަށްވެސް އެކަމެއް ނުކުރާށެވެ!

އެހެނީ އެބާވަތުގެ ކަމަކުން ދުނިޔޭގައި ލިބިދާނެ ކުޑަކުޑަ އުފަލަކަށްވުރެ ނުވަތަ ކޮށްފާނެ ކުޑަކުޑަ ފައިދާއަކަށްވުރެ އާޚިރަތް ދުވަހު ކުރަން ޖެހިދާނެ ހިތާމަ މާބޮޑުވެދާނެ ކަމަށްޓަކައެވެ. ހަތަރެސްފައިގައި ޗޭނު ޖަހައި ބަންޑުން އޮންނަން ޖެހޭ ގޮތަށް ނަރަކައިގެ އަލިފާނަށް އެއްލައިލެވޭ މީހަށް ވެދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން