ހެޔޮ ލަފާ އަންތބަކު ދެއްވެވުން އެދި އާ ދެމަފިރިްނގެ ޙަޔާތް ބާއްޖެވެރި ކުރުމަށް މި ދުޢާ ކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހެޔޮ ލަފާ އަންތބަކު ދެއްވެވުން އެދި އާ ދެމަފިރިްނގެ ޙަޔާތް ބާއްޖެވެރި ކުރުމަށް މި ދުޢާ ކުރާށެވެ!: މުފްތީ މެންކް

މިދުޢާ ގިނަގިނައިން ކުރާށެވެ! ތިބާއަށް އަންތބަކު ދެއްވަވާފައި ނުވާނަމަ، ހެޔޮ ލަފާ އަންތބަކު ދެއްވަވާނެތެވެ. އަންތބަކު ދެއްވަވާފައިވާނަމަ ދެމަފިރިންގެ ޙަޔާތް ބާއްޖަވެރި ކުރައްވަވާނެތެވެ.  

"އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވަވާނދޭވެ!: (ފުރްޤާން: 74)

މީސްތަކުންނޭވެ! އަހަރެމެންނަށް ގަދައަޅައި މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. ވީމާ ކޮންމެ ކަމެއް ކުރި ކަމުގައިވީނަމަވެސް ދޫޢާކުރުން ގިނަކުރަންވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން