ބީއެމްއެލްގެ އާ ސީއީއޯއަކަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ބީއެމްއެލްގެ އާ ސީއީއޯއަކަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް މރ. ޓިމޮތީ ސޯޔަރ ހަމަޖައްސައިފިއެވެ.  

ޓިމް އަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި  އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. ޓިމް ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިވަޑައިގަންނަވަނީ ޔޫކޭ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.

އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެރެއްވީ ސްޓާރޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގައެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރުމަށް ޓިމް ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ވަނީ ކުއީން އެލިޒަަބަތު ދެއްވާ ކޮމާންޑަރ އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑަރ އޮފް ދި ބްރިޓިޝް އެންޕަޔަރ (ސީބީއީ) އެވޯޑް  ލިބިލައްވާފައެވެ.

ޓިމް ވަނީ ކަހޫޓް، ކެންޓް ރިލަޔަންސް ފަދަ ކުރިއަރާފައިވާ އެކިއެކި މާލީ އިދާރާތަކުގެ އެންމެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި މީގެ އިތުރުން ޓިމް ވަނީ ބޭންކް ޑުބޮއަރ އޮފް ސުވިޒަލޭންޑް އަދި ޔޫކޭގައި ލޯނު ދޫކުރާ ކުންފުންޏެއްކަމަށްވާ ފޯކްޓުފޯކް ގެ ޗެއަރމަންކަން ވެސް ކުރައްވާފައެވެ. 

މިއަދު އޮންލައިން