ވުޟޫމަތީގަ ހުރުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ވެސް ކުރަން ޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ވުޟޫމަތީގަ ހުރުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ވެސް ކުރަން ޖެހޭ ކަމެއް!: މުފްތީ މެންކް

ވުޟޫމަތީގައި ހުރުމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތް ކުރައްވަވާ ކަމެކެވެ. ވީމާ ޚާއްޞަކޮށް އަންހެނުން ގެއިން ބޭރުގައި އުޅޭއިރު ވުޟޫމަތީގައި ތިބުމަކީ ރައްކަތެރިކަމުގެ ގޮތުން ވެސް ކުރަން ޖެހޭ ކަމެކެވެ. 

ޙަފްލާތަކަށާއި ޕާޓީތަކަށްދާއިރު ވުޟޫމަތީގައި ދިއުން އާދަކުރާށެވެ! ވީވަރަކުން ވުޟޫމަތީގައި ދެމިހުންނަން މަސައްކަތްކުރާށެވެ! ޚާޢްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ގެއިން ބޭރަށް ދާނަމަ ވުޟޫކޮށްގެން ނުކުތުމަށް ސަމާލުކަން އިތުރުކުރާށެވެ! 

މީގެ މާނައަކީ ވައިބޭރުވާން އުޅޭނަމަ ގަދަކަމުން ހިފެހެއްޓުމެއް ނޫނެވެ. އެހެނީ ގަދަކަމުން ވައިބޭރުވިއަ ނުދީ ހިފެހެއްޓުމަކީ ޞިއްހަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ. 

ޖިންނި ޝައިޠާނުންގެ އުނދަގޫ ފޯރައިގެން މައްސަލަތައް ކުރިމަތިވާ ގިނަ މީހުންނަށް އެކަންކަން ކުރިމަތިވެފައިވާނީ ވުޟޫމަތީގައި ނެތިއެވެ. އަދި އެސްފީނާގެ އަސަރުވެސް ގިނަފަހަރު ފޯރާފައިވާނީ ވުޟޫމަތީގައި ނެތިއެވެ. ވީމާ މި ސަބަބުތަކަށްޓަކައިވެސް ވީހައި ގިނައިރު ވުޟޫމަތީގައި ހުންނަން މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން